
ފާއިތުވި ހަފްތާގައި އަވަސް ފަރުވާގެ 63ދަތުރު ދިފާއީ ބާރުން ކޮށްފިއެވެ.
ދިފާއީ ބާރުގެ ކޯސްޓްގާޑު ޔުނިޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހުގެ 24ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ބަލިމީހުން އުފުލުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިވެ ދީފައިވެއެވެ. އޭގެތެރޭގައި.
- ސީޖީ ފަސްޓް ސްކޮއަޑްރޮން އިން ބަލި މީހުން އުފުލާފައިވަނީ 43ފަހަރު
- ސީޖީ ސެކަންޑް ސްކޮއަޑްރޮން އިން ބަލި މީހުން އުފުލާފައި ވަނީ 02ފަހަރު
- ސީޖީ ތާޑް ސްކޮއަޑްރޮން އިން ބަލި މީހުން އުފުލާފައި ވަނީ 15ފަހަރު
- ސީޖީ ފޯތް ސްކޮއަޑްރޮން އިން ބަލި މީހުން އުފުލާފައި ވަނީ 01ފަހަރު
ވޭތުވެދިޔަ ހަފުތާގައި އެމްއެންޑީއެފް ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 63 މެޑިކަލް އިވެކުއޭޝަން ވަނީ ހަދައިދީފަ. pic.twitter.com/kBjLbXp5Tu
— Maldives National Defence Force (@MNDF_Official) August 15, 2026
މީގެ އިތުރުން މި މުއްދަތުގައި ސީ އެމްބިއުލޭންސްއިން ދެ ފަހަރު ބަލި މީހުން އުފުލާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
ބަލި މީހުން އުފުލުމަށް ޓަކައި އެމްއެންޑީއެފުން ބޭނުންކުރާ އުޅަނދުތަކުގެ ތެރޭގައި އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާ ބޯޓެއް ބޭނުންކުރެއެވެ. މީހުން ގެއްލުމުން ސާޗު އޮޕަރޭޝަންތައް ހިންގުމަށް ވެސް އެ އުޅަނދުތައް ބޭނުންކުރެއެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































