ދައުލަތުގެ ހަރަދުތައް ހަަމަޖެއްސުމަށް 1.1ބިލިއަން ރުފިޔާއާ ހަމައަށް ޓީބިލް ވިއްކަން ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާންއެއްގައި ވަނީ ވިއްކަން ނިންމި ޓްރެޝަރީ ބިލުތަކުގެ ތަފްސީލުވެސް ހާމަކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ

3.50ޕަސެންޓްގެ އިންޓްރެސްޓްގައި 265މިލިއަންގެ ޓީބިލު

3.87ޕަސެންޓްގެ އިންޓްރެސްޓުގައި 55މިލިއަންގެ ޓީ ބިލު

4.23ޕަސެންޓްގެ އިންޓްރެސްޓުގައި 255މިލިއަންގެ ޓީބިލު

4.60ޕަސެންޓުގެ އިންޓްރެސްޓުގައި 535މިލިއަނުގެ ޓީބިލު

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީ ބިލު ދޭތެރެ ދޭތެރެއިން އަބަދުވެސް ވިއްކައެވެ.

އެ ބިލުތައް އާންމުކޮށް ގަންނަނީ ޕެންޝަން އޮފީސްއާއި ސަރުކާރުގެ ކުންފުނިތަކުންނެވެ.