މާލެ ގެއެއްގެ ތެރޭގައި ހާލު ދެރަވެފައި ތިއްބައި ފެނުނު ދެ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ. ފުލުހުން ބުނީ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:34 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ހާލުދެރަވެފައިވާ ދެ މީހުންގެތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފަވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ. ނިޔާވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ. […]