ބ. ކެންދޫ ސްކޫލުގެ ދަރިވަރުންގެ ކުރިއެރުމާއި ހުނަރު ތަރައްގީ ކުރުމަށް މި މަހު ބާއްވަން ނިންމާފައިވާ ސްކައުޓް ކޭމްޕްގެ ބޭނުމަށް ގެންގުޅުނު ގިނަ ތަކެތި ވަގަށް ނަގައިފިއެވެ.

ކެންދޫ ކައުންސިލްއިން ރޭ ނެރުނު ބަޔާނުގައި ވަނީ އެ ވައްކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެފަދަ ދަށު ދަރަޖައިގެ އަމަލު އެއްގޮތަަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށް ވެސް ބުންޏެވެ.

ކައުންސިލްއިން ބުނީ ވަގަށް ނެގީ ކޭމްޕްގެ އިންފްރާސްޓްރަކްޗާ ބިނާކޮށް ކުދިންގެ ސަލާމަތާއި ކާބޯތަކެތީގެ ބޭނުމަށް ގަނެފައިވާ ތަކެތި ކަމަށެވެ.

ވަގަށް ނެގި ތަކެތީގެ ތެރޭގައި ސާކިއުލާ ސޯ، ސަތަރި، ބުރުމާ، ބުރުމާ، ސާކިޓް ބޯޑު އަދި ނޫޑްލިސް ކޭސް ފަދަ ތަކެތި ހިމެނެއެވެ.

ކައުންސިލްއިން އެ ވައްކަންކުރި ބަޔަކު ހޯދަން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެތަކެތި ވިއްކަން އުޅޭކަމުގެ މައުލޫމާތު ލިބޭނަމަ އެކަން އަންގައިދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.