މާރާމާރީ ހިންގައިގެން ހައްޔަރުކުރި މީހަކު މާފަށް އެދުމުން ބަންދުން ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ހެންވޭރު ކުޑަރިކިލުގެއާގެ، އިބްރާހިމް ނަސްރުﷲ ވަހީދު(37އ.)އެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާ ބަންދުން ދޫކޮށްލީ އޭނާ މާފަށް އެދި އެ ކުށް ތަކުރާރު ނުކުރާނެކަމަށް ބުނެ މާފަށް އެދި ޝަތުރުތަކާއެކު ބަންދުން ދޫކޮށްލަން އެދުމުންނެވެ.

އަދި އޭނާގެ ކުށުގެ ރެކޯޑެއް ކުރިން ފެންނަން ނެތުމުން އެކަމަށް ވެސް ރިއާޔަތްކުރި ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ދޫކޮށްލީ ކޮން ޝަރުތުތަކަކާއެކު ކަމެއް ހާމަކޮށްފައެއްނުވެއެވެ.

އޭނާ މާރާމާރީ ހިންގީ ކޮންކަމަކާ ގުޅިގެން ކަމެއް ވެސް ސާފެއްނުވެއެވެ.

މާރާމާރީ ފަދަ ކުށްތަކަކީ ބޮޑެތި ކުށްތަކަށްވާ އިރު އާންމުކޮށް އެފަދަ މައްސަލަތަކުގައި ކުޑަ ދުވަސްކޮޅަކަށް ބަންދު ޖެހުމަށް ފަހު ދޫކޮށްނުލައެވެ.

Leave a Reply