ސިފައިންގެ މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

މިއަދު ނިޔާވީ ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއް ރަހުމާންއެވެ.

ހުސެއިން ނިޔާވުމާ ގުޅިގެން އެމްއެންޑީއެފްއިން އޭނާގެ އާއިލާއަށް ތައުޒިޔާކިޔާފައިވާ އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސް އެކްސްގައި ވިދާޅުވީ ހުސެއިން ކުއްލި ގޮތަކަށް ނިޔާވި ހަބަރު އެއްސެވީ ވަރަށް ފުންހިތާމައާއެކުގައި ކަމަށެވެ.

“މި ފުން ހިތާމައިގެ ވަގުތުގައި ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަޙުމާނުގެ ލޮބުވެތި އާއިލާއަށާއި ރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނަށް އިހުލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. މާތްﷲ، ސާޖަންޓް ފަސްޓް ކްލާސް ހުސެއިން އަބްދުއް ރަހުމާންގެގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ލޮބުވެތި ޢާއިލާއަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ”ރައީސް ވިދާޅުވިއެވެ.

ހުސެއިން ވަނީ ގައުމީ ދިފާއީ ބާރުގައި 21އަހަރާއި 7މަހާއި 16ދުވަހު އިހުލާސްތެރިކަމާއެކު ހިދުމަތް ކުރައްވައިފައެވެ.

Leave a Reply