މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ސޯލިހު (ދަމާސް ސޯލިހު)ގެ ދީލަތި އެހީގައި އޭނާގެ އުފަން ރަށް ސ. ހުޅުދޫގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ.

“މަސްޖިދު ޒުލައިހާ މުހައްމަދު”ގެ ނަމުގައި ބިނާކުރި އެ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މިސްކިތް ހުޅުވުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ސޯލިހުގެ އިތުރުން އޭނާގެ ޢާއިލާގެ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.

އެ މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ މިސްކިތް ބިނާކުރީ ސޯލިހުގެ އަމިއްލަ ގޯތި ވަގުފުކުރުމަށް ފަހު ކަމަށެވެ. އަދި މިއީ އަދުގެ ޒުވާން ޖީލަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ މިސްކިތަކީ 200މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ދަމާސް ސޯލިހު ވަނީ އޭނާގެ އުފަން ރަށް ހުޅުދޫގެ އިތުރުން އެހެން ރަށްރަށުގައި ވެސް މިސްކިތްތައް ބިނާކުރައްވައިފައެވެ.

Leave a Reply