ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ކޮއިކާ) މާސްޓާރސްއަށް ކިޔެވުމުގެ ފުރުސަތުތަކެއް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ލޭބަރ އެންޑް ސްކްލިސް ޑެވެލޮޕްމަންޓްއިން ހުޅުވާލައިފިއެވެ.

މި ޔުނިވާސިޓީއިން ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ މައިގަނޑު 5 ދާއިރާއަކުން ކޮރެއާގެ 5 ޔުނިވާސިޓީއަކުންނެވެ. އެއީ:

  • މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ޖެންޑަރ އީކްއަލިޓި – އެވްހާ ވޮނެންސް ޔުނިވާސިޓީ
  • މާސްޓަރސް ޑިގްރީ ޕްރޮގުރާމް އިން ސްމާރޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ – ހަންޔަންގ ޔުނިވާސިޓީ
  • މާސްޓަރސް ޑީގްރީ ޕްރޮގްރާމް އިން ގްލޯބަލް އެޑިއުކޭޝަން ލީޑަރޝިޕް – ކޮރެއާ ނެޝަނަލް ޔުނިވާސިޓީ އޮފް އެޑިއުކޭޝަން
  • މާސްޓާރސް ޑިގްރީ ޕްރޮގްރާމް އިން ޓެކްސް އެން ފީސަލް ޕޮލިސީ – ކޮރެއާ ޔުނިވާސިޓީ
  • މާސްޓާރސް ޑިގްރީ އިން ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯރމް – ސެއޯލް ނެޝަނަލް ޔުނިވާސިޓީ

މި ފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކުން ކޮންމެ ކޯހަކާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ހާޞިލްކޮށްފައިވާ ފަރާތަކަށް ވާންވާނެކަމަށާއި އަންނަ އަހަރުގެ އެޕްރީލް މަހުގެ 1 އަށް 35 އަހަރު ނުފުރޭ ފަރާތަކަށް ވާންވާނެކަމަށް ހަޔަރ އެޑިއުކޭޝަންއިން ވިދާޅުވެއެވެ.

މީގެ އިތުރުން ޓެސްޓް އޮފް އިންގްލިޝް ފޮރިން ލެންގުއޭޖްއިން ޓީއޯއެފްއެލްއިން 570އަށް ވުރެ މަތީ ނަތީޖާއެއް ލިބިފައިވުން ނުވަތަ އިންޓަނޭޝަނަލް އިންގްލިޝް ލެންގުއޭޖް ޓެސްޓް ސިސްޓަމް އައިލެޓްސްއިން ދަށްވެގެން އޯވަރޯލް ސްކޯ 6 ލިބިފައިވާ ފަރާތަކަށް ވާންވާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ.

ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކޮންމެ ކޯހަކަށް ވެސް 4 ފަރާތެއް ނޮމިނޭޓްކުރެވޭނެ ކަމަށާއި ސްކޯލަރޝިޕް ލިބޭ ފަރާތްތައް ކަނޑައަޅާނީ ކޯސްތައް އިންތިޒާމްކޮށްފައިވާ ފަރާތުންކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 17ވަނަ ދުވަހުގެ 14:00އަށް ހުޅުވާލެވިފައި ވާނެކަމަށާއި ހުށަހަޅަންޖެހޭ ލިޔުންތަކުގެ ހާޑް ކޮޕީ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00އަށް ހުޅުވާލެވިފައި ވާނެކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ.

Leave a Reply