ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަކުރާ ދާއިރާ ގޮނޑިތައް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ.

ސިޓީތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:

  1. ހުޅުމާލެ އުތުރު ދާއިރާ
  2. ހެންވޭރު އުތުރު ދާއިރާ
  3. ގަލޮޅު އުތުރު ދާއިރާ
  4. މައްޗަންގޮޅި މެދު ދާއިރާ
  5. މާފަންނު މެދު ދާއިރާ
  6. ހެންވޭރު ދެކުނު ދާއިރާ

އައްޑޫ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:

  1. ހިތަދޫ މާމެންދޫ ދާއިރާ
  2. ހިތަދޫ ބޭރުމަތި ދާއިރާ
  3. މަރަދޫ ދާއިރާ
  4. ފޭދޫ މަގުއްދޫ ދާއިރާ

ގދ. ތިނަދޫ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:

  1. ތިނަދޫ އިރު އުތުރު ދާއިރާ
  2. ތިނަދޫ ހުޅަނގު ދެކުނު ދާއިރާ

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:

  1. ކުޅުދުއްފުށި މެދު އުތުރު ދާއިރާ
  2. ކުޅުދުއްފުށި އިރު ދެކުނު ދައިރާ

ފުވައްމުލައް ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:

  1. ދަޑިމަގު ދާއިރާ
  2. މާލެގަން ދާއިރާ
  3. ދޫނޑިގަން ދާއިރާ

ރަށަކަށް ނުވަތަ ރަށްތަކަކަށް ސިޓީއެއްގެ ދަރަޖަ ދެނީ ބައެއް ހިދުމަތްތައް ފުރިހަމަވެފައި އެ ސަރަހައްދެއްގެ ރަޖިސްޓަރީ އާބާދީ 10,000 މީހުންނަށް އަރާ ނަމަ އެވެ.

އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ފަސް ސިޓީ ކައުންސިލް އިންތިހާބުކުރާނެ އެވެ. އެއީ މާލެ، އައްޑޫ، ގދ. ތިނަދޫ، ފުވައްމުލައް އަދި ހދ. ކުޅުދުއްފުއްޓެވެ.

Leave a Reply