އައްޑޫ ސިޓީ ހިތަދޫގެ ފަތާ ޓްރެކުގައި މަރުވެފައި އޮއްވާ މިއަދު ހަވީރު ފެނުނު ބިދޭސީ ފިރިހެންމީހާއަކީ ކާކުކަން ދެނެނުގަނެވިގެން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު ބިދޭސީ މީހާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭނާއަކީ ދޮން ނަސްލުގެ މީހެއް ކަމަށާއި އޭނާއަކީ ކާކުކަން ދެނެ ނުގަނެވޭ އިރު އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މިސިން ޕާސަންސް ރިޕޯޓެއް ވެސް މިހާތަނަށް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ އެ މީހާއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ނުވަތަ އެ ސަރަހައްދުގައި އުޅޭ ބިދޭސީއެއްގެ ހަބަރެއް ނުވެގެން އުޅޭނަމަ، ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply