މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށް މާލެ ސިޓީ ކައުންސިލުން ހުުޅުމާލޭގެ ފޭސް 2ގައި ތަރައްގީކުރި އޮޅުހިޔާ މަރާާމާތުކޮށްދޭނެ ފަރާތެއް ހޯދަން އެގްރިކަލްޗާ މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.

އޮޅުހިޔާގެ އައިސޮލޭޝަން ޔުނިޓް، ޖެނެރަލް ހޯލްޑިން އޭރިއާ، ފާހާނާ، އަދި އޮފީހާއި ފާރަވެރިންގެ ކޮޓަރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ފަހަރެއްގެ މަތިން ކުރިން އިއުލާންކުރިއެވެ.

މި މަހުގެ ނުވަަވަނަ ދެވަނަ ފަހަރަށް އެކަމަށް އިއުލާންކުރީ މަސައްކަތް ކުރަން ޖެހޭކަންކަން ބަދަލުވެފައިވާތީ ކަމަށް މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ.

އެ އިއުލާންގެ މުއްދަތު މި މަހުގެ 19ވަނަ ދުވަހު ހަމަވި އިރު މިއަދު އަނެއްކާ ވެސް ވަނީ އޮޅުހިޔާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ އަލުން އިއުލާންކުރީ ހުށަހަޅައިފައިވާ އަންދާސީ ހިސާބު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވުމުން ކަމަށެވެ. އެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

އޮޅުހިޔާ ހުޅުވީ 2024ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި އެތަނަށް ބުޅާތައް ގެންދަން ފެށީ 2025ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

Leave a Reply