ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 16 ބިލިއަން ދިވެހި ރުފިޔާ، ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާއަށް އަރާފައިވާކަން އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން ހާމަ ވެއްޖެ އެވެ.

ބަޖެޓު ކޮމެޓީގައި މިއަދު އޮޑިޓަ ޖެނެރަލް އޮފީހުން ހުށަހެޅި ރިޕޯޓުގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދުތައް އިތުރުވުމެވެ.

ނުލިބި ހުރި ފައިސާގެ އަދަދު

ޖުމްލަ – 16 ބިލިއަން ރުފިޔާ
ޓެކުހާއި ޖޫރިމަނާ – 6.7 ބިލިއަން
ޓެކްސް ނޫން އާއްމުދަނީ – 9.7 ބިލިއަން
ދުންފަތުގެ ޖޫރިމަނާ – 606 މިލިއަން ރުފިޔާ

އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ މިއަދު ކޮމެޓީގައި ވިދާޅުވި ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު އިތުރު ވެގެން ދިޔަ އެއް ސަބަބަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި އޮތް ތަންފީޒީ ބާރު އަތުލުމެވެ. އެކަމުގެ ސަބަބުން މީރާގެ މައްޗަށް އޮތް ތަންފީޒީ ބާރު ކެނޑިފައިވާކަން ފާހަގަ ކުރެއްވި އެވެ. އަދި މި ފައިސާ ހޯދަން ބޭނުންނަމަ މީރާގެ ގާނޫނުގެ ތެރެއިން ބާރުތައް މީރާއަށް ދީގެން  މަސައްކަތް ކުރަން ޖެހޭކަން އޮޑިޓަ ޖެނެރަލް ފާހަގަ ކުރެއްވި އެވެ.

Leave a Reply