
ރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކުގެ ޒިންމާތައް މަތިކުރެވިފައިވާ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ(އީއާރުއޭ)ގެ ވެރިއަކަށް ހައްސާން މުހައްމަދު އައްޔަނުކޮށްފި އެވެ.
އީއާރުއޭގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ވަނީ ހައްސާން އެ މަގާމަށް އައްޔަނުކުރިކަން ހާމަކޮށް އޭނާއަށް މަރުހަބާ ކިޔައިފަ އެވެ.
އަދި ހައްސާންގެ ލީޑާޝިޕްއާއި ތަސައްވަރުގެ ދަށުން ތިމާވެށި ރައްކާތެރިކުރުމުގެ ކަންކަމާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ވަރުގަދަވެގެންދާނެ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
We extend a warm welcome to Mr. Hassaan Mohamed as the new Chief Executive of the Environmental Regulatory Authority (ERA). With his leadership and vision, we look forward to strengthening our efforts in environmental protection and sustainable development. pic.twitter.com/ighVquiEfF
— Environmental Regulatory Authority (ERA) (@ERA_Maldives) August 19, 2025
ކުރިން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ނަމުގައި ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތައް ކުރަމުންދިޔަ އިދާރާ އީއާރުއޭގެ ނަމަށް ބަދަލުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެ ބަދަލާއެކު، މިހާތަނަށް ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































