ހުޅުމާލެ މާރުކޭޓު ބަލައި ފާސްކޮށް 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި އިއްޔެ ހުޅުމާލެ މާރުކޭޓުގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނުގައި ޖުމްލަ 55 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށާއި 20 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން މި މަހުގެ 18ވަނަ ދުވަހު ހުޅުމާލޭގައި ހިންގި ‘މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް’ (އެމްއެމްސީޕީ)ގެ ދަށުން 11 ބިދޭސީއަކު ޗެކްކޮށް، އޭގެ ތެރެއިން އެކަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މި މަހުގެ 14ވަނަ ދުވަހު މާލޭގެ 9 ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅުނު 10 ބިދޭސީއަކު ވަނީ އަތުލައިގެންފައިވެއެވެ.

Leave a Reply