ސައުދީ ފަންޑު ފޯ ޑިވޮލޮޕްމަންޓުގެ ސީއީއޯ ސުލްތާން ބިން އަބްދުއް ރަހުމާން އަލް މުރްޝިދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މުރްޝިދު މިއަދު ރާއްޖެ ވަޑައިގެންނެވީ ތިން ދުވަހުގެ ދަތުރުފުޅެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ސައުދީ ފަންޑުގެ ސީއީއޯ މިދިޔަ އަހަރުވެސް ރާއްޖެ ވަޑައިގެންނެވި އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ދިވެހި ސަރުކާރުގެ ދައުވަތަކަށެވެ.

އަދި އެ ދަތުރުގައި ސީއީއޯ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވައިފައެވެ.

ސައުދީ ފަންޑުގެ ސީއީއޯއަށް ކުރިން ވަނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ޝަރަފްވެސް ރާއްޖެއިން އަރުވައިފައެވެ.

ސައުދީ ފަންޑަކީ ބޮޑެތި އެހީތަކެއް ދެމުންދާ ފަންޑެކެވެ. އެގޮތުން އެ ފަންޑުން ވަނީ އާ ޓާމިނަލްގެ މަޝްރޫއަށް ބޮޑު އެހީއެއް ދީފައެވެ.

Leave a Reply