ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާނުގައި ޕީޕަލްސް ނެޝަނަލް ކޮންގެރެސް(ޕީއެންސީ)ގެ ޕްރައިމަރީ އޮންނާނެ ދާއިރާތަކާއި ކެންޑިޑޭޓުންގެ މަޢުލޫމާތު އާންމުކޮށްފިއެވެ.

ޕީއެންސީ އާންކޮށްފައިވާ ގޮތުން، އެ ޕާޓީގެ ޓިކެޓުގައި 94 ދާއިރާއަކަށް 308 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޕީއެންސީއިން ބުނެއެވެ.

ޕްރައިމީއާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ޕާޓީ އޮފީހަށް ފޮނުއްވާނީ އިންތިޚާބީ ޝަކުވާ ހުށަހެޅުމަށް ޚާއްސަ ނަންބަރު 9323686 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވިކޮށް ކަމަށް ޕީއިންސީއިން ބުނެއެވެ.

ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މި ޑިސެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ. މިއީ އެ ޕާޓީން ބާއްވާ އެންމެ ބޮޑު ޕްރައިމަރީއެވެ. މި ޕްރައިމަރީގައި 26،000 ވުރެ ގިނަ މެންބަރުންނަށް ވޯޓު ލެވޭނެ ކަމަށް ޕީއެންސީ މަޢުލޫމާތުދެއެވެ.

Leave a Reply