އެއްވެ އުޅުމުގެ ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކާ ގުޅިގެން އޭޖީ ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައި އޮތް ކަމެއް ކަމަށެވެ.

އެހެންވެ އެކަން ކުރިއަށް ގެންދާނެ ކަމަށާއި އޭޖީ އޮފީހުން އެ އިސްލާހު މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ގާނޫނަށް ގެންނާނެ އިސްލާހުތަކާ ގުޅޭ އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.

އޭޖީގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން އުޝާމް ވަނީ ކުރިން ހުއްދަ ނެގުމަކައި ނުލާ އެއްވެވޭނީ ވަކި ސަރަހައްދުތަކަކަށް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ އެއީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

Leave a Reply