ޗައިނާގެ ގަންސޫ ޕްރޮވިންސްގައި ހުންނަ ޕްރީސްކޫލެއްގައި 233 ކުޑަކުދިން ލެޑް ވިހައިން ވިހަވުމާ ގުޅިގެން 8 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ސްކޫލުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ކޭޓަރިންގ ކުންފުނީގެ މުވައްޒަފުން ހިމެނެއެވެ .ޗައިނާގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގަންސޫ ޕްރޮވިންސްގެ ޖިންޗަންގ ސިޓީގައި ހުންނަ ޔޯންގްޝިންގ ކައުންޓީގެ ޕްރީސްކޫލެއްގައެވެ. ސްކޫލުގެ ކުދިންގެ ލޭގައި ލެޑްގެ މިންވަރު އާދަޔާ ޚިލާފަށް މަތިވެފައިވާކަން ފާހަގަކުރެވުނީ މެޑިކަލް ޗެކަޕްތަކުގެ ތެރެއިންނެވެ.ޗައިނާގެ ސަރުކާރުން މައްސަލަ […]

Leave a Reply