ގ. މާލެހިޔާ 2 13-02 އުމުރުން 30 އަހަރުގެ ނައުޝާދު މޫސާ

ތަކުރާރުކޮށް މިސްކިތްތަކަށް ގެއްލުންދިނުމުގެ ރެކޯޑް އޮންނަ ގ. މާލެހިޔާ 2-02-13، ނައުޝާދު މޫސާ (32އ)އަނެއްކާވެސް މިސްކިތްތަކަށް ގެއްލުން ދީގެން ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން 15ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ނައުޝާދުއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައި ވެއެވެ.

މީގެ ކުރިން އޭނާ ވަނީ މާލޭގައި ހުންނަ ފުރުގާން މިސްކިތަށް ވެސް ގެއްލުން ދީފައެވެ.

އެގޮތުން އެ މިސްކިތުގެ ހަތިމުތައް އުކާލައި، އިމާމު ހުންނަ ދިމާލުގައި ހުރި ކަރަންޓު ބޯޑުތަކާއި އެއަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ވެސް ހަލާކުކޮށްލާފައިވެއެވެ.

ނަމަވެސް އޭނާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އެނގިފައެއް ނުވެއެވެ. އެހެންވެ ގިނަ ބައެއްގެ ފާޑުކިއުން އޮތީ އަމާޒުވެފައެވެ.

Leave a Reply