އައިއެސް އާއި އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން އިންޓަނެޓް މެދުވެރިކޮށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ދެކުނު އިރުމަތީ އޭޝިއާގެ ސަލާމަތީ މަސްރަހަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ. ހާއްސަކޮށް އިންޑޮނޭޝިއާ، މެލޭޝިއާ އަދި ފިލިޕީންސް ފަދަ ގައުމުތަކުގައި އިންޓަނެޓާއި ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އިތުރުވުމަކީ ހަރުކަށި ފިކުރު ފެތުރުމަށް މަގުފަހިވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. މި ނުރައްކާ ބޮޑުވެފައިވާކަން ހާމަވެގެންދިޔައީ އޮސްޓްރޭލިއާގެ ބޮންޑައި ބީޗުގައި ހިނގި ބަޑީގެ ހަމަލާއާ ގުޅިގެން ހިންގި ތަހުގީގުތަކުންނެވެ. […]

Leave a Reply