ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުގެ ގޮތުގައި ހިންގާ 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްފި އެވެ.

ބާސެލާސް ނަސަންދުރަ ހޮޓެލްގައި މިއަދު އޮތް ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވަޑައިގަތެވ. މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އަމިއްލަ 53 ކުންފުންޏަކަށެވެ. ޖުމްލަ ހަވާލުކުރި މަޝްރޫއުތަކުގެ އަގު 206އަށް އަރަފަ އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ މި މަޝްރޫއުތައް ނިސްބަތްވާ މިނިސްޓްރީތަކުގެ ވެރިންންނެވެ.

މަޝްރޫއު ލިސްޓް 

ފިޝަރިޒް – ދެ މަޝްރޫއު
އިސްލާމިކް އެފެއާސް – 14 މަޝްރޫއު
ޓޫރިޒަން އެންޑްް އެންވަޔަރުމަންޓް – 24 މަޝްރޫއު

ހޯމްލޭންޑް ސެކިއުޓީ – 39 މަޝްރޫއު
އެޑިއުކޭޝަން – 26 މަޝްރޫއު
ހެލްތް – 26 މަޝްރޫއު

ހަޔާ އެޑިއުކޭޝަން ލޭބަ އެންޑް ސްކިލްސް – ފަސް މަޝްރޫއު
ކޮންސްޓްރަކްޝަން މިނިސްޓްރީ  – 13 މަަޝްރޫއު
ޔޫތު އެންވަޔަރުމަންޓް އެންޑް އާޓްސް – އެއް މަޝްރޫއު

ސްޕޯޓްސް އެންޑް ފިޓްނަސް – 52 މަަޝްރޫއު

ސަރުކާރުން އަމިއްލަ ފަރާތްތަކަށް މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭނ އެންމެ ގިނަ މަޝްރޫއު ހަވާލުކޮށްފައިވާ ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓްރީއާ ގުޅުންހުރި ދާއިރާއިން 52 މަޝްރޫއު ހަވާލުކޮށްފައިވެ އެވެ.

Leave a Reply