
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މާލޭގައި ރެލީއެއް ބާއްވައިފި އެވެ.
އެ ރެލީ ފެށީ މިއަދު ހަވީރު މާލޭގެ ރަސް ފަންނު ސަރަހައްދުން ނެވެ.
އެ ރެލީގައި އިިދިކޮޅު އެމްޑީޕީއާއި އެކި ޖަމިއްޔާތައް ބައިވެރިވި އެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަން އެސޯސިއޭޝަންއާއި ޑްރައިވާސް އެސޯސިއޭޝަންތައް ފަދަ ޖަމިއްޔާތައް ހިމެނެ އެވެ.
އެގޮތުން އިންޑަސްޓްރިއަލް ރިލޭޝަންގެ ގާނޫނު ތަންފީޒުކުރުން ހުރަސް އެޅުން ހުއްޓާލުމަށާއި އަދި ރިސޯޓް މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭގޮތަށް ހަދަން ވެސް އެ ރެލީގައި ގޮވާލައިފައި ވެއެވެ.
އޭގެ އިތުރުން ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް ޓެކްސީ ހިދުމަތް ފަށަން އުޅޭތީ ވެސް ޑްރައިވާސް އެސޯސިއޭޭޝަންއިން މިއަދު އިހުތިޖާޖުކުރި އެވެ.
“ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުން ފުނޑާލައިގެން ގައުމު ބިނާ ނުކުރެވޭނެ” ޓެކްސީ ޑްރިވަރުން ކުރޮ އިހުތިޖާޖުގައި ބޭނުންކުރި ބެނާއެއްގައި ލިޔެފައި ވެއެވެ.
ރެލީ ހިނގަމުން ދިޔައިރު ފުލުހުން ވެސް މަގުތަކުގައި ހަރަކާތްތެރި ވަމުން ދިޔަ އެވެ. އެ ރެލީއަށް ފުލުހުން ހުރަސް އެޅި ކަަމަށް ވެސް އިދިކޮޅު އެމްޑީޕީން ތުހުމަތުކުރި އެވެ.
އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކްސްގައި ވިދާޅުވީ އެ ރެލީ ބޭއްވުމަށް ހުރަހެއް ނެތް ކަމުގެ ޔަގީންކަން ފުލުހުން ކުރިން ދިނުމަށް ފަހު ރެލީއަށް ހުރަސް އެޅި ކަމަށެވެ.
Police have disrupted and threatened to stop the May Day rally, after assurances were given to organisers that the march could take place. Unions and workers must be allowed to exercise their constitutional right to protest. I call upon the Police to allow the peaceful rally to…
— Fayyaz Ismail (@faya_i) May 1, 2025
އޭނާ ވިދާޅުވީ ޔޫނިއަންތަކާއި މަސައްކަތްތެރިންނަށް މުޒަހާރާ ކުރުމަކީ ގާނޫނު އަސާސީން ދީފައިވާ ހައްގެއް ކަމަށެވެ.
އެހެން ކަމުން ކުރިން ޔަގީންކަން ދިންގޮތަށް ސުލްހަވެރިކަމާއެކެ ރެލީ ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް ވެސް ފައްޔާޒް ގޮވާލެއްވި އެވެ.
ރެލީއަށް ފުލުހުން ހުރަސް އެޅިކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވެސް އެކްސްގައި ވިދާޅުވި އެވެ.
What we saw today is an abuse of power.
The regime used law enforcement to disrupt the peaceful, lawful May Day rally, a clear violation of the Constitution, and every citizen’s right to assembly.
I call on every officer to remember your oath: uphold the law, not the will of… pic.twitter.com/Gr9QobXHY6
— Abdulla Shahid (@abdulla_shahid) May 1, 2025
“އަޅުގަނޑު ހުރިހާ ފުލުހުންނަށް ވެސް ގޮވާލަނީ އެ ބޭފުޅުން ކޮށްފައިވާ ހުވަޔާ އެއްގޮތަށް ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް.” ޝާހިދު ވިދާޅުވި އެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































