ހަމަނުޖެހުމެއްގެ ތެރެއިން ލޯބިވެރިޔާއަށް ހަމަލާދިން އަންހެން މީހާ ހައްޔަރުކޮށްފިއެވެ.

މާލޭގެ ގެއެއްގައި އިއްޔެ ހެނދުނު ދެ ލޯބިވެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އުމުރުން 64 އަހަރުގެ ފިރިހެނެއްގެ ބުރަކައްޓަށް ވަނީ ވަޅިން ހަމަލާދީފައެވެ. ހަމަލާދީފައި ވަނީ އެ ފިރިހެން މީހާގެ ލޯބިވެރިޔާއެވެ.

އުމުރުން 32 އަހަރުގެ އެ އަންހެން މީހާއަށް ވެސް މި ހަމަނުޖެހުމުގެ ތެރޭގައި އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުނެވެ. ފަރުވާއަށް ފަހު ފުލުހުން ވަނީ އެ އަންހެން މީހާ ހައްޔަރުކޮށްފައެވެ.

ދެ ލޯބިވެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ވަޅިން ހަމަލާދީފި

ފުލުހުން މިއަދު ބުނީ އަންހެން މީހާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަންހެން މީހާގެ ވަނަވަރު މިހައިތަނަށް ހާމަކޮށްފައެއް ނުވެއެވެ.

Leave a Reply