އއ. ތޮއްޑޫ ބީޗުގައި ބަރަހަނާކޮށް އުޅުނު ފަތުރުވެރިއަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ތޮއްޑޫ ގެސްޓުހައުސް އަކަށް ގޮސް އުޅުނު ރަޝިޔާގެ ފިރިހެން ފަތުރުވެރިއަކު އެ ރަށު ވަޅުމަގު ކޮޅުގައި ބަރަހަނާކޮށް އުޅުނު މައްސަލައެއް މިއަދު (ހޯމަ) ހަވީރު 3 ޖެހިހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ސީނަށް އެޓެންޑުވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނަށް އޭނާގެ ފަރާތުން އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ ވެހިކަލަށް ގެއްލުން ދީފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ އެ ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

Leave a Reply