ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރިއަށް އޮތް ތިން ދުވަހުގެ މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް ކޮންމެވެސް މިންވަރަކަށް ވާރޭގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ފާހަގަކުރައްވައެވެ. މީގެ އިތުރުން، އާންމު ގޮތެއްގައި ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުނު ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓު ލަފާކުރެއެވެ.

ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރުކުރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މެޓު އޮފީހުން މައުލޫމާތުދެއެވެ.

Leave a Reply