ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިވެހިބަހާއި ޤައުމިއްޔަތާބެހޭ މުޝީރުކަމުގެ މަގާމުން އާދަމް ނަޞީރު އިބްރާހީމް، އަމިއްލަފުޅަށް އެދިވަޑައިގެން އެ މަޤާމުން ވަކިވެވަޑައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން މިކަން މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައި ވަނީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފެވެ. އާދަމް ނަޞީރު މަޤާމާ ހަވާލުވެވަޑައިގެންތާ 24 ގަޑިއިރު ވެސް ނުވަނީސް އިސްތިއުފާ ދެއްވިކަން ތަރުޖަމާނު ޔަޤީންކޮށްދެއްވި ނަމަވެސް، މަޤާމު ދޫކުރެއްވި ވަކި ސަބަބެއް ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.

މުޝީރުކަމުގެ ޒިންމާތަކާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އާދަމް ނަޞީރު ވަނީ ދިވެހި ސަރުކާރުގެ ކެބިނެޓުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން، އޭނާ ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުކަން ވެސް ކުރައްވާފައެވެ.

Leave a Reply