
ރޯގާ އާއި ހުން އިތުރުވާތީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.
އެ ހޮސްޕިޓަލުން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފްލޫ ކްލިނިކް މިއަދު ހުޅުވީ ހައްޖުވެރިން ރާއްޖެ އައުމާ އަދި މި ދުވަސްވަރު އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރު އިތުރުވަމުންދާތީ އެފަދަ ބަލިތަކުން ރައްކާތެެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ހިތްފަހި ކްލިނިކުގައި ހުޅުވި އެ ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނީ މެންދުރުފަހު 3 އިން ރޭގަނޑު 10 އަށް ކަަމަށް އޭއީއެޗުން ބުންޏެވެ.
ކްލިނިކަށް ދައްކަންދާ ފަރާތްތަކުން މާސްކް އަޅައިގެން ދިއުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
In response to the increase in respiratory infections such as Influenza, and with the return of pilgrims from Hajj, we are taking steps to prevent the spread of respiratory illnesses. @presidencymv @HPA_MV @MoHmv pic.twitter.com/dvU0vB9imU
— Addu Equatorial Hospital (@aeh_mv) June 18, 2025
ހައްޖުވެރިން ރާއްޖެ އައުމާ ދިމާކޮށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މިދިޔަ ހަފުތާގައި ވަނީ ފްލޫ ކްލިނިކުތަކެއް ހުޅުވާފަ އެވެ.
ހައްޖުން އެނބުރި އަންނަ މީހުން ރޯގާ ޖެހި ކެއްސާ ނަމަ، މީހުން އެއްވާ ތަންތަނަށް ނުދިއުމަށާ އަދި ކުޑަކުދިންނާ ކައިރިނުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިރުޝާދުދީފަ އެވެ.
އަދި ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް، ކެއްސައި ނޭވާލާން އުނދަގޫވެ، މޭގައި ރިއްސާ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްްކުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































