މި އަހަރުގެ މިހާތަނަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އެއް ބިލިއަން ޑޮލަރަށްވުރެ މަތިވެ، ބޮޑުތަނުން އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޑޮލަރުން އާމްދަނީއަށް ލިބުނީ  956,273,995 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް 1,310,318,709 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

މި އަހަރު އެންމެ ގިނައިން އާމްދަނީ ލިބުނު ބައިތައް

ޓޫރިޒަމް ސެންޓަރުގެ ޖީއެސްޓީ – 636 މިލިއަން ޑޮލަރު
ގްރީން ޓެކްސް –  132 މިލިއަން ޑޮލަރު
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ – 112 މިލިއަން ޑޮލަރު
ޑިޕާޗާ ޓެކްސް – 110 މިލިއަން ޑޮލަރު
އިންކަމް ޓެކްސް – 131 މިލިއަން ޑޮލަރު
ޓޫރިޒަމް ލޭންޑް ރެންޓް – 100 މިލިއަން ޑޮލަރު

މި އަހަރުގެ މިހާތަނަށް ޑޮލަރުގެ އާމްދަނީ ބޮޑުތަނުން އިތުރުވެގެން ދިޔައިރު، މިދިޔަ މަހު ވެސް އާމްދަނީ ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. ފާއިތުވި ނޮވެމްބަރު މަހު މީރާއަށް ޑޮލަރުން ޖުމްލަ 103.23 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ނޮވެމްބަރު މަހު ވެސް އެންމެ ބޮޑު ހިއްސާއެއް އޮތީ ޓީޖީއެސްޓީގައެވެ. މި ބައިން 57 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޑޮލަރުގެ އާމްދަނީ ބޮޑުތަނުން އިތުރުވީ ޓޫރިޒަމްގެ ސިނާއަތް ރަނގަޅުވުމުންނެވެ. މި މަހު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން މިހާތަނަށް އައިސްފައިވާ އިރު، މި އަދަދު 2.3 މިލިއަން ހަމަވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެެއެވެ.

Leave a Reply