ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެ އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލީ ސިވެކްގެ “އެލްސީ 308” ލޭންޑިން ކްރާފްޓެއް ކަމަށެވެ. އެ އުޅަނދުން ފަސް މީހަކު ދަތުރުކުރި ކަމަށެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ދެ ބިދޭސީންކަން ފާހަގަކުރި އެވެ.

އެ އުޅަނދު ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމާ އެކު ކަނޑުމަގުންނާއި ވައިގެމަގުން އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާ އާ ގުޅިގެން ސަލާމަތްކުރި ފަސް މީހަކަށް ފަރުވާ ދިނުމަށް ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލަކު “ދެން” އަށް ވިދާޅުވީ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެނައި މީހުންގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށެެވެ. މަރުވެފައި ވަނީ ދިވެއްސެއް ކަމަށާއި އިތުރު ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

 

ތަފްސީލު އަންނަނީ…

Leave a Reply