ގަވައިދާ ހިލާފަށް އުޅެމުންދިޔަ 13ބިދޭސީއަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަންއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބިދޭސީންތައް އަތުލައިގަތީ އިއްޔެ އެ އިދާރާގެ ޓާސްކު ފޯސްއިން މާލެ ސަރަހައްދުގައި ހިންގި ރެއިޑް އޮޕަރޭޝަންއެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން ޖުމްލަ 426ބިދޭސީއަކު ބަލާ ފާސްކުރި އިރު އޭގެ ތެރެއިން ނުގަވައިދުން އުޅެމުން ދިޔަ 13ބިދޭސީއަކު ފާހަގަވި ކަމަށް ވެސް ބުންޏެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރަން ދަނީ ގަވައިދުން އޮޕަރޭޝަންތައް ހިންގަމުންނެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިދިޔަ ޖޫން މަހުގެ 13ވަނަ ދުވަހާ ހަމައަށް 12،552މީހުން އަނބުރާ ގައުމަށް ފޮނުވާލައިފައިވެއެވެ. އޭގެ ތެރޭގައި ޑީޕޯޓްކޮށްފައިވާ ފަރާތްތަކާއި، އެނޫންވެސް ގޮތްގޮތަށް ފޮނުވާލާފައިވާ ފަރާތްތައް ހިމެނޭކަމަށާއި އަދި އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

Leave a Reply