
ސަރުކާރު ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން އިތުރުގަޑީގެ ފައިސާ ދޭ ގޮތް އެއްހަމަ ކުރަން އަންގައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)އިން މިއަދު ނެރުނު ސާކިއުލާގައި ވަނީ ހަފްތާއަކު 48ގަޑިއިރު މަސައްކަތް ކުުުރުމުން އިތުރު ގަޑީގެ ފައިސާ ދެވޭގޮތަށް ކަނޑައަޅަން އަންގައިފައެވެ.
އޭގެ އިތުރުން އިތުރު ގަޑީގެ ގޮތުގައި އެންމެ ގިނައިން ދެވޭނެ މިންވަރު ކަނޑައަޅާފައިވާ ކުންފުނިތަކުން ހަފްތާއަކު 48ގަޑިއިރު މަސައްކަތް ކުުުރުމުން އިތުރު ގަޑީގެ ފައިސާ ދެވޭ އުސޫލާ އަޅާކިޔައި ކުންފުންޏަށް ފައިދާވާ ގޮތަށް އެންމެ ހަރަދުކުޑަވާ ގޮތަށް އުސޫލު ކަނޑައެޅުމަށް ވެސް ވަނީ އަންގައިފައެވެ.
އަންނަ މަހުން ފެށިގެން އެ ބަދަލުތައް ގެނެސް ތަންފީޒުކުރަން ވެސް ޕީސީބީއިން ވަނީ އަންގަައިފައެވެ.
ޕީސީބީއިން ބުނީ އެ ބަދަލުތައް ގެންނަން އެންގީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ހަރަދުތައް ކުޑަކުުރުމުގެ ގޮތުން ކަމަށެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































