ރާއްޖޭގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް ފުލުހުންގެ ހިދުމަތް ހަރުދަނާވުން މުހިންމުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މުއައްސަސާގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އަރިސްކުރައްވައިފައެވެ.

އަދި ފުލުހުންގެ ހިދުމަތް ހަރުދަނާވުމަކީ، ދިވެހި ރައްޔިތުންނަށާއި، މި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށާއި، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ގައުމުގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“މި ޢަޒުމާއި މި ރޫހުގައި މި އަމާޒު ހާސިލުވާކަން ކަށަވަރުކޮށްދިނުންމަތީ އަބަދުމެ ހިންމަތާއި އިހުލާސްތެރިކަމާއެކު ދެމިތިބުމަށް އިލްތިމާސްކުރަން”ރައީސް އިތުރަށް ވިދާޅުވިއެވެ.

1993ވަނަ އަހަރު ތައާރަފްކުރި ފުލުހުންގެ ހިދުމަތް ވަކި، މަދަނީ މުއައްސަސާއެއްގެ ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތް ގާއިމުކުރީ 1ސެޕްޓެންބަރު 2004ގައެވެ.

Leave a Reply