
ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުން ޝަރުތުކޮށް ދޫކޮށްލާފައި ހުރި މީހަކު، ކޯޓުގެ ޝަރުތުތަކާ ހިލާފުވި
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ / ނޫރީފެހި، މުޙައްމަދު ޝާވިން ޝިހާމް (25އ)ކަމަށެވެ. އޭނާ ހައްޔަރުކުރީ، މި މެއި 3ވަނަ ދުވަހު ވައްކަމުގެ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ބެހެއްޓުމަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވުމުން ކޯޓުން ޝަރުތުކުރުމަށް ފަހު އޭނާ ދޫކޮށްލާފައި ވަނީ މެއި 18ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޯޓުގެ ޝަރުތުތަކާ ހިލާފުވި މައްސަލައާ ގުޅިގެން މެއި މަހުގެ 22ވަނަ ދުވަހު އަލުން އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓުއަމުރުގެ ދަށުން ކަމަށާއި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































