
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ނުދިންކަމަށް ބުނެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން ރައީސް އޮފީސް ޖޫރިމަނާކޮށްފިއެވެ.
އައިކޮމްއިން މިރޭ ނެރުނު ބަޔުާނުގައި ބުނީ ރައީސް އޮފީހުން މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާފައިވާ ފަސް ހުށަހެޅުމަކަށް އެ އިދާރާއިން، އެއްވެސް، ޖަވާބެއް ދީފައި ނުވާތީ ފަސް، ޝަކުވާއެއް އެ އިދާރާއަށް ހުށަހެޅި ކަމަށެވެ.
އަދި އެ ޝަކުވާތައް ބެލުމަށް ޓަކައި މިދިޔަ އޭޕްރީލް މަހުގެ 26ވަނަ ދުވަހު އައިކޮމް އޮފީހުން ބައްދަލުވުމެއް ބާއްވައި ހޯދުމަށް އެދިފައިވާ މައުލޫމާތު ރައީސް އޮފީހުގައި ހުރިކަން ނުވަތަ ނެތްކަން ބުނެދިނުމަށް އެންގިކަމަށެވެ.
އޭގެ އިތުރުން ޖަވާބުނުދީ ހުރި ހުށަހެޅުންތަކަށް ޖަވާބުދީ ޖަވާބު ދީފައިވާ ހުށަހެޅުންތަކުގައި ވެސް، ހޯދަން އެދިފައިވާ މަޢުލޫމަތު. ދޫކޮށްފައިނުވާތީ، އެ ޖަވާބުތަކުގައި، އަލުން، އިސްލާހުކުރަން ހުރި ކަންކަން އިސްލާހުކުރުމަށް ރަސްމީ 10 ދުވަހުގެ މުއްދަތެއް ރައީސް އޮފީހަށް ދިން ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެ މުއްދަތު ފާއިތުވެ މިއަދާ ހަމައަށް ވެސް ރައީސް އޮފީހުން އެ މައުލޫމާތުތައް ދީފައިނުވާ ކަމަށާއި އެހެންވެ އިންފޮމޭޝަން ކޮމިޝަނަރު އަދާކުރަން ޖެހޭ ވާޖިބެއް އަދާކުރަން ހުރަސްއެޅިކަމަށް ބުނެ 2000 ރުފިޔާއިން ރައީސް އޮފީސް ޖޫރިމަނާކޮށްފައިވާ ކަމަށް އައިކޮމްއިން ބުންޏެވެ.






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































