
ލ. ދަނބިދޫގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވައި، ސަރުކާރުގެ އެކި މަޤާމުތަކުގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އެ ރަށު ނިރިލި، ޢަބްދުﷲ ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަރްޙޫމްގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
މީސްމީޑިއާ ‘އެކްސް’ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢަބްދުﷲ ޝަރީފަކީ ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން އެމަނިކުފާނާ އެކު ވަރަށް ގާތުން މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން، އެއީ ދަނބިދޫގެ ކަތީބުކަމާއި އިދާރީ ހިންގުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ އިޚްލާޞްތެރި ޚިދުމަތްތަކެއް ދައުލަތަށް ފޯރުކޮށްދެއްވި ހީވާގި ޝަޚްޞިއްޔަތެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ލ.ދަނބިދޫ، ނިރިލި، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފަކީ، ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ކޯޑިނޭޓަރެއްގެ މަޤާމުގައި، އަޅުގަނޑުގެ ގާތުގައި މަސައްކަތްކުރެއްވި ބޭފުޅެއް. ލ.ދަނބިދޫ ކަތީބުކަމާއި ހިންގުމުގެ ދާއިރާގެ މިނޫން ވަޒީފާތައްވެސް އަދާކުރެއްވި… pic.twitter.com/L6688Me1FB
— Dr Mohamed Muizzu (@MMuizzu) May 29, 2026
މި ހިތްދަތި ދަނޑިވަޅުގައި، މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































