ދައުލަތަށް ނުލިބި އޮތް ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

މަހުން މަހަށް މީރާއިން ނެރޭ ރިޕޯޓްތަކުގެ ތެރެއިން އެންމެ ފަހުން އާންމުކުރި މަންތްލީ ރިޕޯޓުން ދައްކާގޮތުން ދައުލަތަށް ނުލިބި އޮތް ފައިސާގެ ތެރެއިން މި އަހަރުގެ މިހާތަނަށް ވަނީ ނުލިބި އޮތް 543މިލިއަން ރުފިޔާ އަނބުރާ ހޯދައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ރަސްމީކޮށް އަންގައިގެން ހޯދި 372މިލިއަން ރުފިޔާއާއި ބަހާލައިގެން ފައިސާ ދައްކާގޮތަށް ދިން ލުއިތަކުގެ ދަށުން ލިބުނު 64މިލިއަން ރުފިޔާ ހިމެނެއެވެ.

އޭގެ އިތުރުން ވިޔަފާރިއާއި އެހެނިހެން ކަންކަމާ ގުޅޭ އެކި ޑިއު ކްލިއަރަންސްގެ ކަންކަން ނިންމަންވެސް 96މިލިއަން ރުފިޔާ މީރާއަށް ދައްކާފައިވެއެވެ.

ދައުލަތުން އަނބުރާ ހޯދި އިތުރު ފައިސާގެ ތެރޭގައި ދެން ހިމެނެނީ ފޯނާއި އީމެއިލް މެދުވެރިކޮށް މުވާސަލާތުކޮށްގެން އަނބުރާ ހޯދި 5މިލިއަން ރުފިޔާއާއި މީރާގެ އެކްޝަން ޕޮލިސީތަކުގެ ތެރެއިން ހޯދި ހަތަރު މިލިއަން ރުފިޔާއެވެ.

ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު އަދިވެސް ގިނަ އަދަދަކަށް އުޅޭއިރު ގަވައިދުން ފައިސާތައް ނުދައްކާ ފަރާތްތަކުގެ މައުލޫމާތުވެސް ދަނީ އާންމުކުރަމުންނެވެ.

Leave a Reply