މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ބާއްވާ ހާއްސަ ޕެރޭޑާ ގުޅިގެން، އެ އަވަށުގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.

ފުލުހުން އެކްސްގައި އާންމުކުރި މައުލޫމާތެއްގައި ބުނެފައި ވަނީ، މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ 2026 ޖުލައި 29ވަނަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ކަމަށެވެ. ޓްރެފިކަށް ބަދަލު ގެނައުމަށް ހަމަޖެހިފައި ވަނީ ފުލުހުން އާންމުކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ، ޕެރޭޑް ކުރިއަށްދާ ރޫޓު ހިމެނޭ ސަރަހައްދުތަކުގައެވެ.

އެހެންކަމުން، އެ ވަގުތުތަކުގައި މަގުތައް ބޭނުންކުރާ ފަރާތްތަކުން ޓްރެފިކަށް ގެނެވޭ މި ބަދަލުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ހަމައެއާ އެކު، އެ ސަރަހައްދުތަކުގައި ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އާންމުންގެ އަމަލުތައް ބެހެއްޓުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.