ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިފިއެވެ.

ޝުޖާއު ތިނަދޫ ކައުންސިލްއަށް އިންތިހާބުވެވަޑައިގެންނެވީ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. ނަމަވެސް އެ ޕާޓީ އުވާލިފަހުން އޭނާ ވަނީ އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ޕާޓީއެއްގެ ނަމުގައި ކައުންސިލަށް އިންތިޚާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ހިމެނިއްޖެނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

ލޯކަލް ގަވާމަންޓް އޮތޯރިޓީން މިއަދު ބުނީ އިންތިހާބުވެވަޑައިގެންނެވި ޕާޓީ ނޫން އެހެން ޕާޓީއެއްގައި ޝުޖާއު ދަފުތަރުވެފައިވާތީ ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައިވާކަން އިލެކްޝަންސް ކޮމިޝަންއަށް އަންގަން އެލްޖީއޭގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ޕާޓީ ބަދަލުކުރި ފަހުން ޝުޖާއު މަސްއޫލިއްޔަތުތަކުން އެކެހެރިކޮށް އެކަންކަން ތިނަދޫ ކައުންސިލްގެ ނައިބު ރައީސްއާ އޮތީ ހަވާލުވެސްކޮށްފައެވެ.

Leave a Reply