ތަކުރާރުކޮށް ސްކޭމްކުރާ މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ތ.ތިމަރަފުށި/ ބަނަފްސާގެ، އަލީ ފަހުމީ (40އ)އެވެ.

އެ މައްސަލައިގައި ފަހުމީ 20ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާއިރު އޭނާގެ މައްޗަށް ހުށަހަޅާފައިވާ ސްކޭމްގެ ގިނަ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.

ނަމަވެސް އޭގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ސްކޭމްގެ ކުށްތައް ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ފަހުމީ ދަނީ އެފަދަ ކަންކަން ކުރަމުންނެވެ.

އޭނާއަކީ ރަށު ޕިކަޕުގެ ވިޔަފާރިކުރާ މީހެއްކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.