އައްޑޫ ސިޓީ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވެގެން ފަރުވާދޭން ފަށައިފިއެވެ.

ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ  އެވެ. އެ ކޮމިޝަން މިއަދު ފޭސްބުކުގައި ބުނީ އެ މައްސަލަ މޮނީޓާ ކުރަމުންދާ ކަމަށެވެ، އަދި އެކަން ހިގާދިޔަ ގޮތް ޙައްސާސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް އެ ބާވަތުގެ ކަންކަން ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ބެހެއްޓުމަށް އިދާރާތަކަށް ވެސް އެ ކޮމިޝަންއިން އިލްތިމާސްކުރިއެވެ.

އަދި އެ ހާދިސާގައި ފަރުވާ ހޯދަމުންދާ އެންމެހައި ފަރާތްތަކަށް އަވަސް ޝިފާ އަކަށް ވެސް އެދޭ ކަމަށް އެ  ކޮމިޝަންއިން ބުންޏެވެ.

“ދެން”އަށް އެނިފައިވާ ގޮތުން ކާނާ ވިހަވި ދަރިވަރުންތަކަށް މިހާރު ފަރުވާދެމުންދަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައެވެ. ނަމަވެސް ފަރުވާ ދެމުންދަނީ ކިހާ ކުދިންނަށް ކަމެއް ސާފެއް ނުވެއެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުން އަދި ހޮސްޕިޓަލުގެ ބަހެއް ވެސް ނުލިބެއެވެ.

Leave a Reply