މިއަދު ފަތިހު މއ. ދޫގަސް ވިލާގައި ގޭސް ފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެ ހާދިސާގައި އަނިޔާވި 4ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެއީ އިންޑިއާގެ ތިން ރައެްޔިތުންނާއި ސްރީލަންކާގެ ރައްޔިތެކެވެ.

އެންޑީއެމްއޭއިން ބުނީ އޭގެ ތެރެއިން އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އަދި އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ އެ ހާދިސާގައި އަލިފާން ރޯވި ދޫގަސްވިލާއާއި އަދި އެ އިމާރާތާ އިންވެގެން ހުރި މއ، ދޫގަސް 1ގައި ދިރިއުޅޭ 41މީހަކަށް އަސަރުކޮށްފައިވާތީ އެ މީހުން އެހެން ތަނަކަށް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

އަދި އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޯހިޔާވާހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

އަދި ބިދޭސީންނަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ހަމަޖެއްސުމަށްޓަކައި އެ ފަރާތްތަކުގެ ސްޕޮންސަރާ ގުޅައި ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.

Leave a Reply