​މާލެ، ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރިން އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ސައިކަލު ދުއްވި މީހާއަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި އެކްސިޑެންޓު ހިނގައިގެން އުޅޭކަމުގެ މައުލޫމާތު 2026 ޖުލައި 8ވަނަ ދުވަހުގެ ރޭ 19:07 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ​މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހާއަށް، ލިބުނީ ކިހާ މިންވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply