ޔޫތު މިނިސްޓްރީގެ ކޯލް ސެންޓަރު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެ ކޯލް ސެންޓަރު އިފްތިތާހުކޮށްދެއްްވީ ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

އެ ކޯލް ސެންޓަރގެ ނަންބަރަކީ 3347300އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން މެންދުރު 14:00އަށް އެ ނަންބަރަށް ގުޅައިގެން ހިދުމަތް ހޯދޭއިރު ބަންދުގަޑިތަކުގައިވެސް ހިދުމަތް ހޯދުމަށް ވެސް އެ ނަމްބަރު ބޭނުން ކުރެވޭނެއެވެ.

އެ ކޯލް ސެންޓަރުގައި ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވާއިރު އެ ސިސްޓަމުގެ ކޮންމެ ކޯލެއް ލޮގްކުރެވިގެން ދާނެއެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ ހިދުމަތް  ގާއިމްކުރުމާއެކު މިނިސްޓްރީގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ވެގެންދާނެ ކަމަށާއި އެގޮތުން އެފަރާތެއް ބޭނުންވާ ޑިޕާޓްމަންޓަކާ ސީދާ ގުޅައި ބޭނުންވާ މައުލޫމާތު ސާފުކުރުމަށް މަގުފަހިވެގެން ދާނެކަމަށެވެ.