ހުޅުމާލެ ގެސްޓްހައުސްއެއްގައި ޚަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ އޮތީ ނިޔާވެފަކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ނިޔާވެފައި ވަނީ މާލެ / ސްޓަރ، މުޙައްމަދު ރަޒީން (50އ) ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލެ ގެސްޓްހައުސްއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެ