ވަގަށް ނެގި ސައިކަލަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މއ. ކުރިކީލަ/މާލެ، އަހުމަދު ފާރިޝް (38އ)އެވެ.

އެ މައްސަލައިގައި އޭނާ 15ދުވަހަށް ބަންދުުރަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ވަގަށް ނަގާފައިވަ ސައިކަލެއް ފާރިޝްގެ އަތުން ފެނުނު ނަމަވެސް އެއީ މީހަކު ދިން ސައިކަލެއް ކަމަށާއި އެއީ ވަގަސް ނަގާފައިވަ ސައިކަލެއް ކަމެއް ނޭނގޭ ކަމަށް ފާރިޝް ބުނިކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.

ފާރިޝްއަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ މީހެއްކަންވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

Leave a Reply