މާލޭގެ ގެސްޓު ހައުސްއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ މަރުވެފައި އޮއްވާ ފެނުނީ  އޯސަނިކްވިލާ/ހއ. މޮޅަދޫ/ އޯސަނިކްވިލާ، އިބްރާހިމް ނައީމް (45އ)ކަމަށެވެ.

މާފަންނުގެ ގެސްޓު ހައުސްއެއްގައި އޭނާ މަރުވެފައި އޮއްވާ ރިޕޯޓްކުރީ މިއަދު ހަވީރު 5:51ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މަރުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެެވެ. އެހެންވެ އޭނާ މަރުވީ ކީއްވެކަމެއް ސާފެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

Leave a Reply