އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ޒުވާން ޚަތީބުންގެ ގައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ މަހާސިންތާއަކީ ރާއްޖެ އިސްލާމްވިތާ 900އަހަރު ފުރުމާއި ގުޅުވައިގެން އަންނަ ސެޕްޓެމްބަރު މަހުގެ 13ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ މަހާސިންތާއެކެވެ. މި މަހާސިންތާއަށް މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީއަށް ވެސް ދަޢުވަތު ދެއްވާފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 15އިގެ  ކުރިން އެޕްލިކޭޝަނަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބޭއްވުމަށް ނިންމާފައިވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ މަހާސިންތާގައި ބައިވެރިވެވޭނީ ޒުވާން ޚަޠީބުންގެ ތަމްރީން ނިންމާ ސެޓްފިކެޓް ޙާސިލްކޮށްފައިވާ ޚަޠީބުންނަށާއި، ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށާއި، އިމާމުންނާއި ޚަޠީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން އަހަރު 30ނުފުރޭ ފަރާތްތަކަށެވެ.

ރާއްޖޭގައި ކުރިއަށް އޮތް އިސްލާމީ ގަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަތީބުންނާއި ހާފިޒުންނަށް މުހިންމު މުނާސަބަތަށްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

ޒުވާން ޚަތީބުންގެ އަދަދު މިހާރު 621އަށް އަރާފައިވާއިރު ހާފިޒުންގެ އަދަދު 310އަށް ވަނީ އަރާފައެވެ.

Leave a Reply