އެމެރިކާއިން ރާއްޖޭގެ ފުލުހުންނަށް ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން އެ ތަކެތި ހަދިޔާކުރީ އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތެއްގައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު އެވެ. އަދި އެ ތަކެތި ހަވާލުކޮށްދެއްވީ ޔޫއެސް އެމްބަސީގެ ރީޖަނަލް ސެކިއުރިޓީ އޮފިސަރު މިހްޔާ އަލް ނިފެއިޑީއާއި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން އެންރިކޯ ބޮނިން ސެނާއެވެ.

މިއަދު 150ޑްރަގް ޓެސްޓް ކިޓު ހަދިޔާކުރި އިރު މިއީ އަވަސް އަދި އިތުބާރު ހުރި ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކިޓްތަކެއް ކަމަށާއި އޭގެ ސަބަބުން ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހައިން ދެނެގަނެވި، ފުލުހުންގެ އޮޕަރޭޝަންތަކަށާއި ތަހުގީގުގެ މަރުހަލާތަކަށް އެހީއަކަށް ވެގެންދާނެކަމަށް ފުލުހުން ބުންޏެވެ.

Leave a Reply