
މުޅި މާލެއާއި ހުޅުމާލޭން ކަރަންޓު ކެނޑިއްޖެއެވެ.
މާލޭގެ ހަތަރު އަވަށާއި ހުޅުމާލޭގެ ދެ ފިޔަވަހިން ވެސް ކަރަންޓު ކެނޑިފައިވާ ކަމަށް، މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ދެންމެ ބުންޏެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެނެވެ. އެއީ ކޮންމެ މައްސަލައެއް ކަމަށް ނުބުނާތީ، މުޅި މާލެއާއި ހުޅުމާލޭން ކަރަންޓު ކެނޑުނު ސީދާ ސަބަބެއް އަދި ނޭނގެ އެވެ. އަދި ކަރަންޓު ލިބޭނެ އިރެއް ވެސް ސްޓެލްކޯއިން އަދި ނުބުނެ އެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































