މާލޭ، ލޮނުޒިޔާރަތްމަގުގައި ހުންނަ ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާ ލިބުނު ތުއްތު ކުއްޖަކަށް ފަރުވާދެމުން އެބަގެންދެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 22:49 ކަންހާއިރު ކަމަށެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ތުއްތު ކުއްޖެއްގެ އިތުރުން 18 މީހަކަށް ފަރުވާ ގެންދާ ކަމަށާއި އޭގެ ތެރެއިން 16 މީހަކަށް ފަރުވާ ދެނީ އައި.ޖީ.އެމް.އެޗްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ތުއްތު ކުއްޖާގެ އިތުރުން ދެ މީހަކަށް ފަރުވާ ދެނީ އޭޑީކޭގައެވެ.

މި ހާދިސާގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

ލޮނުޒިޔާރަތްމަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Leave a Reply